ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.

އަލިފާން ރޯވެފައި ވަނީ ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ކައިރިން ހުންނަ ބެންކު އޮފް މޯލްޑިވްސް ސެލްފްސާވިސް ސެންޓަރާ ޖެހިގެން "ޓީއޯލޯ" ގެ ނަމުގައި ހިންގަމުން އައި އުސް އިމާރާތުގަ އެވެ. އޭގެ ފަހުން ކައިރިން ހުންންނަ ސްޓޭޓް ބޭންކް އޮފް އޮންޑިއާގެ އިމާރާތުގެ ބައެއްގައި ވެސް އަލިފާން ރޯވެފަ އެވެ. އެސްބީއައި އިމާރާތަަކީ ހަބުރީގެ އިމާރާތެކެެވެ. އެ ހަފުލޯގައި ވެސް ހުޅު ހިފާފައި ވެއެވެ.

Ad
rt

އެމްއެންޑީއެފުން މިރޭ ބުނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި އިމާރާތްތަކުން މީހުން ހުސް ކުރަމުންދާ ކަމަށެވެ. އަދި އަލިފާނު ނިއްވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކެފޭ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު އެސްބީއައި ހުންނަ އިމާރާތަށް ވެސް ވަނީ ފެތުރިފައި.

ގިނަ އޮފީސްތަކެއް ހުންަނ އެ އިމާރާތުގެ މަތީ ފްލޯތަކެއްގައި ރޯވެފައި ހުރި މަންޒަރު އެބަފެނޭ.