ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވެބްސައިޓެއް ލޯންޗު ކޮށްފި އެވެ.
ކޭއާރުއެޗްއިން ބުނީ މިއަދު ވާނީ ހޮސްޕިޓަލުގެ މައުލޫމާތު ވީހާ ވެސް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ހޮސްޕިޓަލުގެ ވެބްސައިޓެއް ލޯންޗު ކޮށްފައި ކަމަށެވެ.
އިތުރަށް އެހޮސްޕިޓަލުން ބުނީ މިއާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ހިދުމަތް ހޯދާ ފަރާތްތަކަށް ފަހިވެގެން ދާނެކަމަށާއި އަދި އެޕޮއިންޓްމަންޓް ނަންބަރު 6528864 އާއި ގުޅައިގެން އެޕޮއިންޓްމަންޓް ހައްދާ ގަޑި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން ހެނދުނު 06:00 އާ ހަމައަށް މި ވަނީ އިތުރު ކުރެވިފައި ކަމަށެވެ.
އަދި ހުކުރު ދުވަހު ކުރިޔަށް އޮންނަ ހަފްތާގެ މުޅި ޑިއުޓީ އާންމު ކުރުމުގެ ބަދަލުގައި އެޕޮއިންޓްމަންޓް ހެއްދުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ކުރިޔަށް 2 ހަފްތާގެ މުއްދަތަށް ކަމުގައި ދަންނަވަން.
އެހޮސްޕިޓަލުން ބުނެފައިވެއެވެ.

ވެބްސައިޓް ފަރުމާ ކޮށް ޑިޒައިން ކޮށްފައި ވަނީ އެ ހޮސްޕިޓަލުގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގުރާމަރ އަހްމަދު އަލީ Ahmed Ali. މި މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި އައިޓީ ޓީމުގެ މެންބަރުން ކަމުގައިވާ ހަސަން އަހްމަދު (Sino Haxan) , އަލީ އަހްމަދު Ally Ahmmed އަދި ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ މުހައްމަދު ހުސައިން Em Echh އަށް ކުރި މަސައްކަތަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ވެބްސައިޓްގެ އެޑްރެހަކީ www.krh.gov.mv އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!