ހދ. ނޭކުރެންދޫގައި މިނިސްޓްރީގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބުނެފި އެވެ.
މިކަން އިއުލާން ކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭކުރެންދޫ ދަނޑުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި އެކަމުގައި އެހީތެރިވެދެއްވީތީ ރަށުގެ ކައުންސިލާއި ޒުވާނުންނާއި އަދި އެރަށް ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނޭކުރެންދޫގައި އައުޓްޑޯރ ޖިމެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ ފަރާތުން އިއުލާންކޮށްގެންނެވެ.
Neykurendhoo Futsal dhanduge masahkaiy ves vanee nimifa.
Rashuge zuvaanun, Council adhi MP @Mraee12 dhevvi ebbaarulumah shukuru.
Outdoor gym gaaim kurumuge masahkaiy dhanee kuriah. pic.twitter.com/hVOxgi4GJ7— Ahmed Mahloof (@AhmedMahloof) August 25, 2020
ކައުންސިލްގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެއްކަމަށް ޔޫތު މިނިސްޓްރީއިން މަޢުލޫމާތުދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!