ހއ. ދިއްދޫގައި ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ " ދިއްދޫ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަން ކަން ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ.

ހއ. ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ފައިނަލް މެޗް އޮތީ އިއްޔެ ހަވީރު 16:15 ގައި ދިއްދޫ ޔޫތު ސެންޓަރުގައެވެ. މި މެޗްގައި ބައްދަލު ކުރީ މިޑްލް ސްޕޯޓްސް ކްލަބާއި، ހިޔަލަ ޓީމެވެ.

Ad
rt

މިޑްލް ސްޕޯޓްސް ކްލަބް މި މުބާރާތުގެ ތަށި އުފުލައިލީ، އިއްޔެ ކުޅެވުނު ފައިނަލް މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި ގޮތުން ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-18 އިންނެވެ. ދެވަނަ ސެޓް 25-7 އިން ކާމިޔާބު ކުރި އިރު، ތިންވަނަ ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުން ތެރިން

ފައިނަލް މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމަށް ހޮވިފައި ވަނީ މިޑްލް ސްޕޯޓްސް ކްލަބްގެ އައިޝަތު އިބާދާ އެވެ. މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުނތެރިން ހޮވާފައި ވާއިރު، މި މުބާރާތުގެ އެންމެ މޮޅު ކޯޗްގެ މަޤާމް ހޯދާފައި ވަނީ ވެސް، މިޑްލް ސްޕޯޓްސް ކްލަބް ޓީމުގެ ކޯޗު އަލީ މައުސޫމެވެ.

ދިއްދޫ ކޮމިއުނިޓީ ސެންޓަރުން ވަނީ މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށް ދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.