ހދ. ކުމުންދޫ ކައުންސިލްގެ މެމްބަރުންނާއި އެ ކައުންސިލްގެ މުވައްޒަފުން ގުޅިގެން ތަރައްޤީ ކުރި ބާބަކިއު ފޮއިންޓް ހުޅުވައިފިއެވެ.

ތިލަދުންއަށް މަޢުލޫމާތު ދެއްކަވަމުން ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ އަލަށް މި ހުޅުވުނު ބާބަކިއު ހަދާ ސަރަހައްދަކީ ކައުންސިލްއިން މާބޮޑު ޚަރަދެއް ނުކޮށް ރައްޔިތުން ހިތްފަސޭހަކޮށްލާނެ މައިޒާނެއްގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ.

Ad
rt

ކުމުންދޫ ބަނދަރުގެ ހުޅަނގުގައި ހަދާފައިވާ މިތަން ހުޅުވަފައިވަނީ އިއްޔެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މި ވަގުތު ރަށުގައި ޕާރކެއް ފަދަ ތަނެއް ނެތް ކަމަށެވެ. އެހެންކަމުން މިތަން ހެދިފައިވަނީ ޢާއިލާތައް އެކުގައި ހިތްހަމަޖައްސާލަން ދާނެ އަދި ބާބަކިއު ހެދޭގޮތަށް ކަމަށެވެ.

ކައުންސިލްގެ ރައީސް ވަނީ މި ބާބަކިއު ޕޮއިންޓް ހެދުމަށް ކުމުންދޫގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

ކުމުންދޫ ކައުންސިލް އިން މިދިޔަ ރޯދަ މަހުގައި ވަނީ ރައްޔިތުންނަށް ރޯދަ ހަދިޔާއެއް ދިނުމުގެ ގޮތުންއެރަށުގެ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކާދީފައެވެ..

ހދ ކުމުންދޫގެ އާބާދީގައި 1،470 މީހުން ހިމެނޭއިރު، 201 ގޭބިސީގައި މީހުން ދިރިއުޅެމުންދެއެވެ.