ކޯވިޑް-19 ފެތުރެމުން އަންނާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތް މުއްދަތު އިސްލާމިކް މިނިސްޓްރީ އިން އިތުރު ކޮށްފިއެވެ.
މިގޮތުން އެ މުއްދަތު ދައްމާލާފައި ވަނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހުގެ އަޞުރުނަމާދުގެ ނިޔަލަށެވެ.
އެމިނިސްޓްރީއިން ނެރުނު ސަރކިއުލަރއެއްގައި ބުނެފައި ވަނީ މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.
އެ ސަރކިއުލަރގައި ބުނެފައި ވަނީ މި އޭޕްރިލް މަހުގެ 19 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، އަންނަ މަހުގެ 14 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދު އަދި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްރަށުގައި ފަރުޟު ނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތުގައި ކުރުމާއި ގުޅޭ#COVID19MV #MVIaffairs pic.twitter.com/cd2QFuDYdH
— Ministry of Islamic Affairs (@MVIaffairs) April 30, 2020
އެ ނިސްޓްރީން ވަނީ މި މުއްދަތުގައި އިސްލާމިކް މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!