ސައޫދީ ސަރުކާރުން އިންޑިއާގައި 75 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އިބްތިދާއީ އެއްބަސްވުމެއްގައި ދެގައުމުން ސޮއިކޮށްފިއެވެ.
"ސައޫދީ އަރާމްކޯ" އާއި އިންޑިޔާގެ ރެލިއަންސާ ދެމެދު ސޮއިކުރި "ލެޓަރ އޮފް އިންޓަރެސްޓް" (އެލްއޯއައި) ދަށުން މިކަމާބެހޭ ފަންނީ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އެ އެއްބަސްވުމުގައި ސޮއިކުރުމުން ރެލިއަންސް އިންޑަސްޓްރީގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަރަމްކޯ އިން ދުވާލެއްގެ މައްޗަށް 500 ހާސް ފީފާ ތެޔޮ ފޯރުކޮށްދޭނެއެވެ. އަދި ދެކުނު އޭޝިއާގައި ނެތްވަރުގެ ބޮޑު ރިފައިނަރީ އެއްވެސް އިންޑިއާގައި ބިނާކޮށްދިނުންވެސް މި އިންވެސްޓްމަންޓްގައި ހިމެނެއެވެ.
މިއެއްބަސްވުމުގައި ސައޫދީ ގެ ފަރާތުން ސޮއިކުރީ އެގައުމުގެ ތެލާބެހޭ ސަރުކާރުގެ ގައުމީ ކުންފުނި "ސައޫދީ އަރާމްކޯ" އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރީ އިންޑިޔާގެ "ރެލިއަންސް އިންޑަސްޓްރީޒް ލިމިޓެޑް" އެވެ. މި އިންވެސްޓްމަންޓް ބިނާވެފައިވަނީ ސައޫދީ އަރާމްކޯއިން އިންޑިއާގެ ރެލިއަންސް އިންޑަސްޓްރީޒްގެ ޖުމްލަ ހިއްސާގެ %20 ގަތުމުގެ މައްޗަށެވެ. މިއީ ބޭރުގެ ގައުމަކުން އިންޑިޔާގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!