ދިވެހިރާއްޖެއާއި އަވަށްޓެރި ސްރީލަންކާ ބައްދަލުކުރި އެކުވެރިކަމުގެ ވޮލީމެޗު ލަންކާއިން ކާމިޔާބުކޮށްފިއެވެ.

ލަންކާއިން މިމެޗު ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

Ad
rt

އިޖުތިމާޢީ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗުގެ ފުރަތަމަ ސެޓު 25، 20ން ރާއްޖެ ގެންދިޔައިރު، އަނެއް 3 ސެޓު ގެންދިޔައީ ލަންކާއިންނެވެ.

ފުރަތަމަ ސެޓުގައި ރާއްޖެއިން ވަރުގަދަ ކުޅުމެއް ދެއްކުނުނަމަވެސް، ޖެހިގެން އައި ދެސެޓުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެގޮތުން އެ ދެސެޓު 15، 25 އަދި 16، 25ން ލަންކާއިން ގެންދިޔައެވެ.

ހަތަރުވަނަ ސެޓު ގެންދިއުން ރާއްޖެއަށް މަޖުބޫރުވެފައިވާ އިރު، މިސެޓުގައި ރާއްޖެއިން ވަނީ ރަނގަޅު ވާދަވެރި ކުޅުމެއް ދައްކާފައެވެ. އެގޮތުން ފަހަތުންއަރާ ސްކޯރ ހަމަކުރިނަމަވެސް 25، 23ން މިސެޓުވެސް ގެންދިޔައީ ލަންކާއެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފުގެ ދަޢުވަތަކަށް ރާއްޖެއައިސް ކުޅުނު މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުއާއި ޑިފެންސް މިނިސްޓަރ މާރިޔާވެސް ވަޑައިގަތެވެ.

ނަމަވެސް މާރިޔާ ހުންނެވީ ދިވެހި ސަޕޯޓަރުންނާއެކު ކުޅިބަލާ ސަރަހައްދުގައެވެ.