ފެނަކައިން ހއ. އިހަވަންދޫގައި އައު އޮފީސް އިމާރާތެއް ކުރުމަށް ޢިއުލާން ކޮށްފިއެވެ.

ފެނަކައިން ބުނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އިހަވަންދޫގައި އައު އޮފީސް އިމާރާތެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

އެމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ފެނަކައިންވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އެމަސައްކަތް ކުރުމަށް ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވަނީ މިމަހުގެ 10 އިން 12 އަށް، އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.

އީމެއިލްގެ ޒަރިއްޔާއިން މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް ކަމުގައި ކަނޑައަޅާފައިވަނީ 15 މާރިޗު 2020 ގެ 14:00 އަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވަނީ 17 މާރިޗު 2020 ގެ 13:00 އަަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީއޯކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެކަމުގައި ފެނަކައިގެ ޢިއުލާންގައިވެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި އެ އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށާއި، އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާކަމަށްވެސް އެކުންފުނީގެ ޢިއުލާންގައި ވެއެވެ.

ފެނަކައިންއަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކުންފުނީގެ އައު އޮފީސްތައް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.