ހޯރަފުށީ ކައުންސިލްގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕަކީ މަތީ ސާނަވީ ތަޢުލީމް ނިންމާ ހޯރަފުށްޓަށް ނިސްބަތްވާ މީހުންގެ ތެރެއިން، ސިވިލް އިންޖިނިއަރިންގއަދި ޞިއްޙީ (މެޑިކަލް އޮފިސަރ) ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާޞިލް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ އަދިމެރިޓް އުޞޫލުން ހޮވޭ ދެ ފަރާތަކަށް ކޯސް ފުރިހަމަ ކުރުމަށްޓަކައި ހޯރަފުށީ ކައުންސިލުން، 100،000.00 (އެއްލައްކަރުފިޔާ) ދޭ ގޮތަށް ފަރުމާކުރެވިފައިވާ ސްކޮލަރޝިޕެކެވެ.
މިގޮތުން އަހަރަކު އެއްފަހަރު މި ސްކޮލަރޝިޕަށް 02 ފަރާތެއް ހޮވާގޮތަށް އެކައުންސިލުން ނިންމާފައިވެއެވެ. ހޯރަފުށީ ކައުންސިލްގެ ސްކޮލަރޝިޕް ކުރިއަށް ގެންދިއުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހއ. ހޯރަފުށީގެ ސިވިލް އިންޖިނިއަރިންގ އަދި ސިއްޙީ (މެޑިކަލް އޮފިސަރ) ދާއިރާއިން މަސައްކަތް ކުރާ ޤާބިލް ދަރިން ބިނާކުރުމާއި، ހޯރަފުށީ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންންގެ ޢަދަދު އަހަރުން އަހަރަށް އިތުރުކޮށް ހޯރަފުށީގެ ސިވިލް އިންޖިނިއަރިންގ އަދި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި ހޯރަފުށީގައި މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ނުލިބިވާ ފަރާތްތަކަށް ފުރުޞަތު ހޯދައި ދިނުންވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އެކައުންސިލްގެ މިފަހަރުގެ ސްކޮލަރޝިޕަށް ޚާއްސަ ކުރެވިފައިވާ ސިވިލް އިންޖިނިއަރ އަދި މެޑިކަލް ޑޮކްޓަރު ކަން ކިޔެވުމަށް، ފުރުޞަތު ދެވޭ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، މެލޭޝިއާ އަދި ފިލިޕީންސެވެ.
ހޯރަފުށީ ކައުންސިލްގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 2020 މާރިޗު 09 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށެވެ.
ސްކޮލަރޝިޕަށް އެދޭ ފޯމާއި އިވެލުއޭޝަން ކްރައިޓީރިއާ މިއަދުންފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 13:00 އަށް ހޯރަފުށީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެ އިންތިޒާމު އެކައުންސިލުންވަނީ ހަމަޖައްސާފައެވެ.
ހޯރަފުށީ ކައުންސިލްގެ ސްކޮލޮރޝިޕްގެ އުޞޫލާއި ސްކިލް ޝޯޓޭޖް ލިސްޓް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!