ހދ. މަކުނުދޫގައި ކުނި އެންދުން މަނާކޮށް، އުޞޫލާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަން އެ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، މިކަން މި ގޮތަށް ނިންމާފައިވަނީ، ރަށުގެ އެކި ހިސާބުތަކުގައްޔާއި، ސާފުކުރާ ގެވަޅުތަކުގައި، ކުނި އަންދަމުންދާތީ، އެކަން އާންމުންގެ އުނދަގުލަކަށްވެ، ޝަކުވާ ލިބެމުންދާތީއެވެ.

Ad
rt

އެހެންކަމުން، ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކުނި އަންދާނަމަ، އުޞޫލުގެ މަތިން ފިޔަވަޅުއަޅައި، ޖޫރިމަނާ ކުރެވޭނެކަމަށް ކައުންސިލުން ކޮއްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މަކުނުދޫ "ވެށިސާފު"ގެ މަސައްކަތް ހަރުދަނާކޮށް، ރައްކާތެރި ގޮތުގައި ކުނިނައްތާލައި، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި އެންމެ ރަނގަޅު ގޮތުގައި ކުނިއުކާ ފަރާތްތަކަށް، އިނާމް ދިނުމުގެ ޕްރޮގްރާމެއް ތަޢާރަފް ކުރުމަށްވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ ގޮތުން، ގޭބިސީތަކުގައި ކުނި ވަކިކުރުމަށް، ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން، އެންމެ ރަނގަޅަށް ކުނި ވަކިކޮއްފައިވާ ފަރާތްތައް ފާހަގަކޮށް، " ވެށިސާފު އެވޯޑް " ގެ ނަމުގައި އެވޯޑް ދިނުމަށް ވެސް ނިންމާފައިވެއެވެ.