ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (އތމކ)އިން އިންތިޒާމްކޮށްގެން އެރަށުގައި ވިޔަފާރި މައުރަޒެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

އެ ކޮމެޓީގެ ރައީސާ، ޝަހުމާ އާދަމް، "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ކުދި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތް ރައްޔިތުންނަށް އިޝްތިހާރު ކުރުމާއި އެބޭފުޅުންގެ ވިޔަފާރިއަށް އިތުރުކުރިއެރުމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މުޅި ރަށަށް ހުޅުވާލައިފައިވާކަމަށް ވެސް ޝަހުމާ ވިދާޅުވިއެވެ.

Ad
rt

މި މައުރަޒުގައި ވިޔަފާރީގެ ތަފާތު ދާއިރާތަކުން ގިނަ ފަރާތްތަކެއް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި، ފެހުންތެރިންނާއި، ތަފާތު ވައްތަރުތަކުގެ ކާބޯތަކެތި އުފަައްދާ ފަރާތްތަކާއި، އަތްތެރިމަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ.

މަކުނުދޫ އތމ ކޮމެޓީގެ ވިޔަފާރި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ 13؛00 އިން 15:00 އަށް އެ ރަށު ކާނިމާލަމުގައެވެ.

މި މައުރަޒަށް ވަޑައިގެންދެއްވުމަށް އެދި، ރަށުގެ ހުރިހާ ރައްޔިތުންނަށް ވަނީ އެ ކޮމެޓީން ދަޢުވަތު އަރުވާފައެވެ.