މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ޕްރޮޖެކްޓް އާއި ށ. ނަރުދޫ ކައުންސިލް ގުޅިގެން އެ ރަށުގައި ޤާއިމްކޮށްފައިވާ ގްރީންހައުސްގައި ގަސްހެއްދުމުގެ ހަތަރު ވަނަ ތަމްރީން ޕްރޮގްރާމްގައި ހައްދަމުންދާ ކިޔުކަންބާ އިއްޔެ ބާޒާރަށް ނެރެފިއެވެ.

ނަރުދޫ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމްގައި ހައްދަމުންދާ ކިޔުކަންބާ ޖުމްލަ 34 ދުވަހުގެ ތެރޭގައި ހާވެސްޓްކުރަން ފެށިފައިވާއިރު، ތަކެތި ހެއްދެނީ ޞިއްޙީ ގޮތުން ރައްކާތެރި މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ. އަދި މި ފަހަރު ބާޒާރަށް ނެރެފައިވާ ކިޔުކަންބާއަކީ 23 ޖުލައި 2026ގައި މުޑުވައްކުރެވިފައިވާ ކިޔުކަންބާކަމަށް އެ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

Ad
rt

މެޕް ޕްރޮޖެކްޓުން ނަރުދޫގައި ޤާއިމްކޮށްފައިވާ ގްރީންހައުސްގައި ކުރިން ބޭއްވުނު ތަމްރީން ޕްރޮގްރާމްތަކުގައި ވަނީ ކިޔުކަންބާގެ އިތުރުން މެލަން، ތޮޅިމިރުސް އަދި ކެޕްސިކަޕް ހައްދާނެގޮތް ދަސްކޮށްދީފައެވެ.

މެޕް ޕްރޮޖެޓްގެ ދަށުން ނަރުދޫގައި ހައްދާފައިވާ ކިއުކަމްބާ، ފޮޓޯ: ނަރުދޫ ކައުންސިލް

މި ތަމްރީނު ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ކުރިއަށް ގެންދާ، މޯލްޑިވްސް އެގްރިބިޒިނަސް ޕްރޮގްރާމް (މެޕް)ގެ ފަރާތުން، ށ އަތޮޅުގެ އިތުރުން، ހއ އަދި ހދ ގެ ރަށްތަކުގައި ހިންގަމުންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާުގައި ގަސް އިންދުމާއި، ގަސްގަހަށް އާންމުކޮށް ދިމާވާ ބަލިތަކާއި، މައްސަލަތައް ޙައްލު ކުރާނެ ގޮތްތައް ދަސްކޮށްދެއެވެ.