ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، އެ ރަށުގައި ސައިބަރ އެވެއާނަސް ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ށ. އަތޮޅު ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގުރާމުގެ ސެޝަންތައް ޚާއްސަކޮށްފައިވަނީ ބިލެތްފަހީ ސްކޫލުގެ ގްރޭޑް 6 ން ފެށިގެން މަތީގެ ދަރިވަރުންގެ އިތުރުން ރަށުގެ ޢާންމު ރައްޔިތުންނަށެވެ.
މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ޕްރޮގުރާމުގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު އަދި ސައިބަރކްރައިމް ދާއިރާގެ ތަޖުރިބާކާރު ފުލުހުންނެވެ.
ސްކޭމްގެ މައްސަލަތަކަކީ ރާއްޖޭގައި މިހާރު އެންމެ ބޮޑުވަމުން އަންނަ އެއް މައްސަލައެވެ.
ފުލުހުން ދަނީ ސްކޭމްގެ އިތުރުން އިތުރު ކުށްތަކާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!