ށ. މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރުމަށްޓަކައި ލަގޮނޑި އިންވެސްޓްމަންޓާ ހަވާލުކޮއްފިއެވެ.

މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި މަސައްކަތް ކުރުމަށް ލަގޮނޑި އިންވެސްޓްމަންޓާ ޙަވާލުކުރީ 20 އޯގަސްޓް 2026 އިން ފެށިގެން 45 ދުވަހުގެ މުއްދަތަށެވެ.

Ad
rt

މި މަސައްކަތުގެ އަގަކީ 199،890 ރުފިޔާ ކަމުގައި ވެސް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން މާއުނގޫދޫގެ އތމ ކޮމެޓީގެ ދަނޑުބިމުގައި ފެންސުޖެހުމުގެ މަސައްކަތް ވެސް އެ ކައުންސިލުން ހަވާލުކޮއްފައިވަނީ ލަގޮނޑި އިސްވެންސްޓްމަންޓާއެވެ.

އެ މަސައްކަތް ހަވާލު ކޮއްފައިވަނީ 5 އޯގަސްޓް 2026 އިން ފެށިގެން 60 ދުވަހުގެ މުއްދަތަށެވެ.

އެ މަސައްކަތުގެ އަގަކަށް ލަގޮނޑި އިންވެސްޓްމަންޓުން ހުށަހަޅާފައިވާ އަގަކީ 56،000 ރުފިޔާއެވެ.