ކުވެއިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ވައިގެ ސަފުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.

މި ކުރިމަތިލުންތައް ފެށިފައިވަނީ 28 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން އީރާނުގެ ބަނދަރު އައްބާސްގައި ހުންނަ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ، ސަރަހައްދު މޮނިޓަރ ކުރަން އަރުވާފައިވާ ހަތަރު ޑްރޯން ވައްޓާލުމާއި ގުޅިގެންނެވެ. އަދި އެއީ ރައްދު ހަމަލާއެއްކަމަށް ބުނެ އެމެރިކާއިން ވަނީ ބުހުތާން ދޮގު ހަދާފައެވެ.

Ad
rt

އީރާންގެ އައިއާރުޖީސީން ވަނީ މިސައިލް ފޮނުވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، މިއީ އެމެރިކާއަށް ދެވުނު "ނުރައްކާތެރި އިންޒާރެއް" ކަމަށް ބުނެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ވަނީ ކަނޑައެޅިފައިވާ އަމާޒަށް ކާމިޔާބުކަމާއެކު ފޯރާފައެވެ. އީރާނުން ބުނާ ގޮތުގައި މިއީ ބަންދަރު އައްބާސްއަށް ހަމަލާދިން އެމެރިކާގެ ބޭހަށް ރައްދުގައި ދިން ހަމަލާއެކެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާއި ކުވެއިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލް ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ކާމިޔާބުކަމާއެކު ވައްޓާލާފައިވާ ކަމަށެވެ.

"މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ދީފައިވާ ވަރަށް ސީރިއަސް ހަމަލާއެއް،" ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.