މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، ފަސްވަނަ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.ް

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ވައްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ. މި މައްސަލައިގައި ޖުމުލަ ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާއިރު، މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އޭގެ ތެރެއިން އެންމެ 50,000 (ފަންސާސް ހާސް) ރުފިޔާއެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގައި ބައިތިއްބާފައިވެއެވެ. ހައްޔަރުކޮށްފައިވާ މީހުންނަކީ:

މުޙައްމަދު ނޫރު އަޙްމަދު (40އ)، ކަސްތޫރިމާގެ / ޅ. ނައިފަރު
މުޙައްމަދު އަފްރާޙް (40އ)، މޫންލައިޓްވިލާ / ސ. މީދޫ
އިސްމާޢީލް ޢާޞިފް (36އ)، ދާރުލް އައްވަލް / ރ. މަޑުއްވަރި
އަޙްމަދު ފާރިސް (39އ)، މ. އޭސިއާ / މާލެ

މި މައްސަލައިގައި ޖުމުލަ ފަސް މީހަކަށް ތުހުމަތު ކުރެވޭއިރު، އޭގެ ތެރެއިން އަދި ހައްޔަރު ނުކުރެވި ހުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މި މައްސަލައިގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.