ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހޭނީ އެ ޕާޓީގެ އެންމެ ފަހުގެ މުހައްމަދު ނަޝީދު ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީއަށް ފޯރުކޮށްދިން ހިދުމަތްތަކަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެވެ.

Ad
rt

އެ މައްސަލަ ކޯޓުގައި އޮއްވާ އިލެކްޝަންސް ކޮމިޝަނުން ފަހުން ވަނީ ޑީއާރްޕީ އުވާލައިފަ އެވެ. އޭގެ ދުވަސްތަކެއް ކުރިން އެ ޕާޓީގެ ލީޑަރުކަން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާަނަލް) ކުރެއްވި އެވެ.

އެހެންވެ, އާމިރުގެ ފަރާތުން އެ ފައިސާ ހޯދަން ފަހުން ދައުވާކުރީ ނަޝީދުގެ މައްޗަށެވެ. ނަމަވެސް ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެ އެވެ.

އެހެންވެ، ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.