ހއ. ކެލާ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ބޭނުމަށްޓަކައި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފްގެ އެހީތެރިކަމާއެކު 'ޓީ ހަޓެއް' ހަދައި ނިންމާލައިފިއެވެ.

ކެލާ ސިއްހީ މަރުކަޒުން ހާމަކުރި ގޮތުގައި، މި ކަމަކީ އެ މަރުކަޒުގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ މުހިންމު ވަސީލަތެކެވެ. މި މަސައްކަތް ނިންމުމަށް މެންބަރު ޝަރީފް ދެއްވި ދީލަތި އެހީތެރިކަން އެ މަރުކަޒުން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

"މި މަރުކަޒުގެ މުވައްޒަފުންނަށް ބޭނުންވާ ޓީ ހަޓްގެ މަސައްކަތް ނިންމުމަށް ވެދެއްވި އެހީތެރިކަމަށް ކެލާ ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރު އަލްފާޟިލް އަބްދުﷲ ޝަރީފަށް، އާރު.ޑީ.ސީގެ އެމް.ޑީއަށް، އަދި އާރު.ޑީ.ސީ ކެލާ ސައިޓްގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން" މި މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރަމުން ކެލާ ސިއްހީ މަރުކަޒުން ބުނެފަވެއެވެ.

މެންބަރު ޢަބްދުﷲ ޝަރީފަކީ ކެލާ ސިއްހީ މަރުކަޒުގެ ތަރައްގީއަށް މީގެ ކުރިންވެސް އެހީތަކެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން އެ މަރުކަޒުގެ އޯ.ޕީ.ޑީ ސަރަހައްދު އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ މެންބަރު ޝަރީފްގެ އެހީތެރިކަމާއެކުގައެވެ.

މިފަދަ ވަސީލަތްތައް ގާއިމުވުމަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި ލިބޭ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމެކެވެ.