އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ 14 ވަނަ ނަސީބުވެރިޔާ އެ ކުންފުނިން އިއުލާންކޮށްފިއެވެ.

މި ފަހަރުގެ ގުރުއަތުން އުމްރާ ދަތުރު ކާމިޔާބުކޮށްފައިވަނީ މ. މުލައް، ނުޒުހާ އިބްރާހިމް އެވެ.

Ad
rt

އުރީދޫގެ މި ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އެއްފަހަރު ނަސީބުވެރި ކަސްޓަމަރަކު ހޮވައި، ޖުމްލަ 19 ފަރާތަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މީގެ އިތުރުން، މި ކެމްޕެއިންގެ އެންމެ ބޮޑު އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ގޮތް

މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން:

މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުން، ރީޗާޖު ކުރުން ނުވަތަ އެޑް-އޮންއެއް ބޭނުންކުރުން.
އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުން، ރީޗާޖު ކުރުން ނުވަތަ އެޑް-އޮންއެއް ބޭނުންކުރުން.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކުގެ އަސްލަކީ ކަސްޓަމަރުންނާއި މުވައްޒަފުންނެވެ.

މި ކެމްޕެއިނަކީ އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ.