ކުޅުދުއްފުށި ސިޓީގައި ނޭޝަނަލް އެސެސަރ ޓްރެއިނިންގ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ވޯކްޝޮޕަކީ، މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު (މިރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހިންގާ 3 ދުވަހުގެ ވޯކްޝިޕެކެވެ.

Ad
rt

މި ސްޕެޓެމްބަރ 30 އިން އޮކްޓޯބަރ މަހުގެ 02 އަށް ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކުން އިސްކަމެއްދޭންހޖެހޭ އެސެސަރުންގެ ޝަރުތުތަކާއި، ހުށައަޅަންޖެހޭ ލިޔުންތަކާއި އެސެސަރުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތަކުގެ ލިސްޓް، https://drive.google.com/file/d/1k1K739r7h3y25npEm-o6shgUQebmbjjV/view?usp=sharing މެދުވެރިކޮށް ބެލުމަށެވެ.

މިގޮތުން މި ވޯކްޝޮޕުގައި ބައިވެރިވާ ޝައުޤުވެރިވާ ފަރާތްތަކުން https://forms.gle/g6jc7LMNx43AtQd69 ފޯމު ފުރުމަށްފަހު މި ވޯކްޝޮޕުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ. އަދި ވޯކުޝޮޕާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3026616 ގުޅުމަށް ނުވަތަ info@mnsda.gov.mv މެދުވެރިކޮށް އީމެއިލް ކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ މި ވޯކްޝޮޕް ނިންމާލުމަށްފަހު، މި އަންނަ އޮކްޓޯބަރ މަހު 14 އިން 16 އަށް އައްޑޫ ސިޓީ ގައިވެސް މި ވޯކްޝޮޕު ކުރިއަށްދާނެކަމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން އިއުލާނުކޮށްފައިވެއެވެ.