ހަމަސްދުވަހުގެ މުއްދަތަށް ހއ.ކެލާގައި ބާއްވާ ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ކެލާ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގުޅިގެން ކެލާ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކެލާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހައްވާ ފަޒްނާއަށް ( 9903920) ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް އެދޭކަމަށެވެ.
މި ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކެލާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ޕޮލިޓިކަލް ޑިރެކުޓަރ އިބްރާހީމް ޝާއިދުއަށް (9360496) ގުޅުއްވާ މަޢުލޫމާތު ސާފުކުރުމަށް ކެލާ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!