ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތަކުން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް
ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އިގުތިސާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތައް ފަތުރުވެރިންނަށް ވިއްކުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ އަ...