ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ހދ ށ ކައުންސިލް ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙަައްމަދު ޝިޔާމް ކަށަވަރުކޮށްފިއެވެ.

ށ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 2 ފަރާތަކުން ކުރިމަތިލާފައިވާއިރު މިވަގުތާއި ހަމައަށް ލިބުނު ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅެނީ މުޙައްމަދު ޝިޔާމް ޝިޔާންޓޭ އެވެ.

Ad
rt

މުޙައްމަރު ޝިޔާމް ޝިޔާންޓޭއަށް 1696 ވޯޓު ލިބިފައިވާއިރު މުޙައްމަދު ރާޝިދުއަށް ލިބިފައިވަނީ 1559 ވޯޓެވެ.

ށ އަތޮޅު ކައުންސިލް ރައީސް - ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ 2020 ނަތީޖާ

1696 ވޯޓު
52
މުޙައްމަރު ޝިޔާމް (ޝިޔާންޓޭ)
1559 ވޯޓު
48
މުޙައްމަދު ރާޝިދު

ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ނެވެ. އެއީ މޫސާ ޝަފީޤް ނިޝާން ހއ ދިއްދޫއެވެ. އެހެން ކަމުން ޕްރައިމަރީއަކަށް ނުގޮސް މޫސާ ޝަފީގް އަށް މިވަނީ އެމްޑީޕީގެ ޓިކެޓް ކަށަވަރު ވެފައެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް 3 ފަރާތަކުން ކުރިމަތިލާފައިވާއިރު މިވަގުތާއި ހަމައަށް ލިބުނު ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅެނީ މުޙައްމަދު ސިރާޖު އެވެ.

މުޙައްމަދު ސިރާޖުއަށް 1001 ވޯޓްލިބިފައިވާއިރު މުޙައްމަދު ސިޒާން އަށް 616 ވޯޓް އަދި އަންސޫދާ ޢަބްދުލްކަރީމް 353 ވޯޓު ލިބިފައިވާކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ހއ އަތޮޅު ރަށު ކައުންސިލް ތަކަށް ޖުމްލަ 95 ފަރާތަކުން ކުރިމަތިލާފައިވާއިރު ހދ އަތޮޅުން 58 ފަރާތަކުން ވާދަކުރާނެއެވެ. ށ. އަތޮޅު ރަށު ކައުންސިލްތަކަށް 86 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.