އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ 3 ސިޓީގެ 3 މޭޔަރުން ކަޓައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ކެޓިކަން ޔަޤީންވެފައިވާ އިރު، އައްޑޫ ސިޓީގެ މޭޔަރު އަބުދު ﷲ ޞާދިގު (ސޯބެ) އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބުދު ﷲ ފަލާހުވެސް ވަނީ ކަޓާފައެވެ.

Ad
rt

ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ. އައްޑޫ ސިޓީގައި ކުރި ހޯއްދަވާފައި ވަނީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

މާލޭ ސިޓީގެ ވޯޓުގެ ނަތީޖާއަށް ބަލާއިރު މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.