ކުޅުދުއްފުށި ސިޓީގެ އުތުރު ބަނދަރުން ސަޕްލައި ފެން ދޫކުރުމުގެ ޙިދުމަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
އެގޮތުން ފެން ދޫކުރާ ކިއޮސްކް ޤާއިމްކޮށްފައިވަނީ މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން ރަށުގެ ބަނދަރުގެ އުތުރު ކޮޅުގައެވެ.
ފެން ދޫކުރާ އަގުގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައި ވަނީ ކޮންމެ ކިއުބިކް މީޓަރެއްގެ ފެނަށް 135 ރުފިޔާ އެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ސަޕްލައި ފެނުގެ ޙިދުމަތް މި ސަރަހައްދުތަކުން ލިބޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 6 އިން ދަންވަރު 12 އަށެވެ.
ހިދުމަތް ހޯދުމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް 7332112 އަށް ގުޅުވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން އަންނަނީ ސިޓީ އާއި ސިޓީ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފަސޭހައަށް މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!