މަޝްހޫރު އިނގިރޭސި ކްލަބް ލިވަރޕޫލްގެ ރާއްޖޭގައި ތިބި ސަޕޯޓަރުންގެ ކްލަބު، " އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ކްލަބު އޮފް މޯލްޑިވްސް " އިން ކެއަރ ސޮސެއިޓީއަށް އެހީތެރިކަން ފޯރު ކޮށްދީފިއެވެ.
އެ ކްލަބުގެ ފަރާތުން ކެއަރ ސޮސައިޓީއަށްވަނީ އެ ޖަމްޢިއްޔާއިން ދޭ ތެރަޕީގެ ޚިދުމަތަށް ބޭނުންވާ ތެރަޕީ ސާމާނު ފޯރުކޮށް ދިނުމަށް އެހީތެރިވެފައެވެ.
އެކަމާއި ގުޅިގެން ކެއަރ ސޮސައިޓީއިންވަނީ އެ ޖަމްޢިއްޔާގެ ޚިދުމަތް ފުޅާކޮށް، އެ ޚިދުމަތަށް ބޭނުންވާ ގިނަ ބަޔަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް އެހީވެދެއްވި ކަމަށްޓަކައި އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ކްލަބު އޮފް މޯލްޑިވްސްއަށް ޝުކުރު އަދާކޮށްފައެވެ.
ކެއަރ ސޮސައިޓީން ބުނެފައިވަނީ އޮފިޝަލް ލިވަރޕޫލް ސަޕޯޓަރސް ކްލަބު އޮފް މޯލްޑިވްސްއަކީ ޒުވާނުނަށް ނަމޫނާ އެއްކަމަށާއި، އެ ކްލަބުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެދިން އެހީ ހެޔޮ ހިތުން ބަލައި ގަންނަ ކަމަށެވެ.
ކުރިމަގުގައި އެކުގައި އެ ރޮނގުން އިތުރު މަސައްކަތް ފެނިގެންދިއުން އުންމީދު ކުރާކަމަށްވެސް ކެއަރސޮސައިޓީން ބުނެފައިވެއެވެ. އެކުގައި މުޖުތަމައުއަށް ޚިދުމަތްކުރުމުގައި ދެމި ތިބުމަށް އުންމީދު ކުރާކަމަށްވެސް އެ ޖަމުޢިއްޔާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!