ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ.
ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް ސެޕްޓެމްބަރު 2025 ގައި ފަށަން ނިންމާފައިވާއިރު، އެރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025 ގައެވެ.
ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024 ގައެވެ. އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025 ގައެވެ. އަދި އެ އަތޮޅު މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖުލައި 2025 ގައެވެ.
މީގެ އިތުރުން އެއް ސިޓީ އާއި 13 ރަށަކާއި 2 އަތޮޅާއި 2 ސިޓީއެއްގައި މި ޚިދުމަތްތައް މި އަހަރުގެ ނިޔަލަށް ޤާއިމުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެރަށްތަކާއި، އަތޮޅު އަދި ސިޓީތަކަކީ،
- ނ. ވެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި
- ރ. އުނގޫފާރު، އަލިފުށީގައި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025ގައި
- ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2024ގައި، ދަރަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- ޅ. ނައިފަރުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި، ނައިފަރުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- ކ. ގުރައިދޫ، ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި، ގުރައިދޫ، ތުލުސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި
- އއ. ރަސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި، ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
- އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި، މަހިބަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި
- ވ. ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޑިސެމްބަރު 2025ގައި، ފެލިދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ނޮވެމްބަރު 2025ގައި
- މ. މުލީގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025ގައި، މުލީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޮކްޓޯބަރު 2025ގައި
- ފ. ނިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި، ނިލަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ސެޕްޓެމްބަރު 2025ގައި
- ތ. ވޭމަންޑޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ފެބްރުއަރީ 2025ގައި، ވޭމަންޑޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖުލައި 2025ގައި
- ލ. އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ގއ. އަތޮޅުގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ ޖަނަވަރީ 2025ގައި
- ގދ. ތިނަދޫ ސިޓީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މާރޗް 2025ގައި
- ގދ. ގައްދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފަށާނީ ޖޫން 2025ގައި
- ފުވައްމުލަކު ސިޓީގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި
- އައްޑޫސިޓީގެ މަރަދޫގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ އޭޕްރިލް 2025ގައި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުޢިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!