ކުޅުދުއްފުށި ސިޓީގައި އިސްރަށްވެހިންނަށް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

Ad
rt

މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުގެ 10:30 ގެ ކުރިން ސަބްމިޓް ކުރަން ޖެހެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ސިޓީ ކައުންސިލަށް އީމެއިލް ކުރެއްވުމަށް، ސިޓީ ކައުންސިލުން އެދެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ އަންނަ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު 10:30 ގައި ސިޓީ ކައުންސިލް އިދާރާގައެވެ.