ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ.
މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.
ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިވެންޓުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ވަނީ ބްރޯންޒް (ލޯ) މެޑަލް ހޯދާފައެވެ. ބްރޯންޑް މެޑަލް ހޯދި އަންހެން ޓީމުގައި ކުޅުދުއްފުށީގެ ބާރު ދުވުންތެރިޔާ އަހުނާ ނިޒާރު ހިމެނެއެވެ. މި މުބާރާތުގައި ވާދަކުރި ފިރިހެން އެތުލީޓުން ތެރޭ ހިމެނޭ އަބްދުﷲ އިކްރާމަކީ ވެސް ކުޅުދުއްފުށީގެ އެތުލީޓެކެވެ.
ކުޅުދުއްފުށި ސިޓީގެ ދެ އެތްލީޓުން، އަހުނާ ނިޒާރު އަދި އަބްދުﷲ އިކްރާމް، 4ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގެ ދިވެހިރާއްޖެ ތަމްސީލް ކުރި ޤައުމީ ޓީމުގައި ހިމެނުމަކީ އަޅުގަނޑުމެން މި ސިޓީގެ އެންމެންހާ ރައްޔިތުން ފަހުރުވެރިވާ ކަމެއް. ޚާއްޞަކޮށް، ސަތޭކަ… pic.twitter.com/nz5h7CvZRE
— Kulhudhuffushi City Council (@kfcitycouncil) September 17, 2024
މުބާރާތަށް ފަހު މި ދެ އތުލީޓުން ކުޅުދުއްފުއްޓަށް އައުމުން ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން ކައުންސިލް މެމްބަރުން ވަނީ ކުޅުދުއްފުށި އެއާޕޯޓުން އެތުލީޓުންނަށް މަރުހަބާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.
ސިޓީ ކައުންސިލުން ބުނީ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރި ގައުމީ ޓީމުގައި ކުޅުދުއްފުށި ސިޓީގެ ދަރިން ހިމެނުމަކީ އެ ސިޓީގެ އެންމެންހާ ރައްޔިތުން ފަހުރުވެރިވާ ކަމެއް ކަމަށާއި، ހާއްސަކޮށް، ސަތޭކަ މީޓަރު ރިލޭ އިވެންޓުން ދިވެހިރާއްޖެއަށް ލޯ މެޑަލް ހޯދައިދިނުމުގައި ކުޅުދުއްފުށީގެ އެތުލީޓެއް މުހިއްމު ދައުރެއް އަދާކުރުމަކީ ކުޅުދުއްފުށި ސިޓީގެ އިތުރުން މުޅި ދިވެހިރާއްޖެ ފަހުރުވެރިވާ ކާމިޔާބީއެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!