މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދަށްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއްކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު ދިވެހިމަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހިކަމަށާއި، މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުންވާ ކަމަށްވެސް މެމްބަރު ޝިފާޢު ވަނީ ވިދާޅުވެފައެވެ.
2019 ވަނަ އަހަރު ދިވެހިމަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި. މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދައްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް. މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުން. @DhiMasverin @MoFMRAmv pic.twitter.com/U7Xa2XvdJA
— MP Mohamed Shifau (@mhshifau) January 5, 2020
އެމަނިކުފާނު މިހެންވިދާޅުވީ ދާއިރާގައި ހުންނަވައި ދާއިރާގެ މަސްވެރިންގެ އުދާސްތައްވެސް އަޑުއެއްސެވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މެމްބަރު ޝިފާއު ތަމްސީލު ކުރައްވާ އިހަވަންދޫ ދާއިރާއަކީ ގިނަ މަސްވެރިންތަކެއް ދިރިއުޅޭ، މަސްވެރިކަމުގެ ނަފާއަށް ބަރޯސާވެފައިވާ މަސްވެރި އާއިލާތަކެއް ދިރިއުޅޭ ދާއިރާއެކެވެ.
މެމްބަރު ޝިފާއުގެ ޓުވީޓުގައި ދާއިރާގެ ޒަމާނީ މަސްދޯނިތަކެއްގެ ފޮޓޯ ހިއްސާކުރައްވަމުން އެހެން ވިދާޅުވެ ކުރެއްވި ޓުވީޓުވަނީ މަސްވެރިކަމާބެހާ ވުޒާރާއާއި، ދިވެހި މަސްވެރިންގެ ޓުވިޓަރ އެކައުންޓް ޓެގް ކުރައްވާފައެވެ.
މެމްބަރު ޝިފާއު ގެންދަވަނީ މަސްވެރިންނަށް ހައްޤު މިންވަރު ކަށަވަރުކޮށް ދެއްވުމަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ. ރާއްޖެއާއި ތިލަދުންމަތީގެ މަސްވެރިންގެ އަޑު އިއްވުމުގައި އެމަނިކުފާނު ދަނީ ނަމޫނާ ދައްކަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!