ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކްގެ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
އެ ޓްރެކް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭ ޓްރެކް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ އެ ރަށަކީ ވަރަށް ގިނަ ހަރު އުމުރުފުރާގެ މީހުންނާއި ދެ ޖިންސްގެ ޒުވާނުން އެއްގަމު އުޅަނދު ދުއްވާ ރަށެއް ކަމަށާއި، ވުމާއިއެކު އެ ރަށަށް ޒަމާނީ ފެންވަރުގެ ލައިސަންސް ޓްރެކެއްގެ ބޭނުން ޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްފައިވާ ކަމަށާއި، މި ޓްރެކާއިއެކު އެ އިންތިޒާރު ނިމުމަކަށް ގޮސްފައިވާކަމަށެވެ.
އެ ޓްރެކް ތަރައްގީ ކޮށްފައި ވަނީ އާއިލާއާއިއެކު ނުކުމެ އާއިލާއާއިއެކު ނުކުމެ ހިތް އުފާކޮށްލަން މަޑުކޮށްލެވޭނޭ އިންތިޒާމް ތަކާއިއެކުގައެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރުގެ ވަގުތު އެ ސަރަހައްދު ހާއްސަ ކޮށްފައި ވަނީ އެކަމަށެވެ.
އެތަނުގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ އިއްޔެއެވެ. އެ ހިދުމަތަށް އޮނަލައިންކޮށް އެދެވޭނޭ އިންތިޒާމް މިހާރު ވަނީ އެ ކައުންސިލުން ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!