ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކަނބަލުންގެ ތިންވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޓީމް ބައިވެރި ކުރެވޭނީ އެ ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަޖިސްޓަރީ ކުރެވިފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

Ad
rt

ފެބްރުއަރީ 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވައި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމެވެ.

މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީ 5 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސަބްމިޓް ކުރަން ޖެހެއެވެ. އަދި ޓީމް ރަޖިސްޓަރީ ފޯމް ފުރިހަމަ ކުރުމަށް ފަހު ފެބްރުއަރީ 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސަބްމިޓް ކުރަން ޖެހެއެވެ.