އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ރާއްޖެއިން ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފިއެވެ.

އެ މަސައްކަތުގެ އަދާހަމަކުރަމުން އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖެއާ ދެކޮޅަށް މޮރިސް އިން ހުށަހެޅި މައްސަލާގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޓގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (".އީ.ޒެޑް") ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިޓްލޮސް އިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، އެ މައްސަލައާ ގުޅިގެން އެ އޮފީހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތުގެ ތެރެއިން އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް ތިން ބޭފުޅެއް ވަނީ ޢައްޔަނުކޮށްފައެވެ.

Ad
rt

އެތަނުން އެއް ބޭފުޅަކީރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދުި މުނައްވަރެވެ. އޭނާ އެކަމަށް ޢައްޔަނުކޮށްފައި ވަނި ކަނޑުތަކުގެ ޤާނޫނީ ދާއިރާއިން ޚަބީރެއްގެ ގޮތުގައި ކަމަށާއި، އެ މަސައްކަތްކޮށްދެއްވަން މުނައްވަރު ވަނީ އެކަމަށް އެއްބަސްވެވަޑައިގެން، އެ މަސައްކަތް މިހާރު ފައްޓަވާފައިކަމަށް އޭޖީ އޮފީހުން ބުންޏެވެ.

1993 އިން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރަކީ ދިވެހިރާއްޖެއާއި ބައިނަލް އަޤްވާމީ ކަނޑުތަކުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. މުނައްވަރު ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ދިރާސާތައް ހައްދަވައި އެ ރޮނގުން ޢިލްމާއި ތަޖުރިބާ ހާސިލް ކުރައްވާފައެވެ.

ކަނޑުގެ ބައި ހޯދަން އަނިލްގެ ބެއްލެވުމުގެ ދަށުން ކޮމެޓީއެއް

ދެން މި މަސައްކަތުގައި ޤާނޫނީ ލަފާ ހޯދުމަށް ޢައްޔަނުކޮށްފައި ވަނި ބޭރުގެ ދެ ޤާނޫނީ މާހިރުންނެވެ. އެއީ އިނގިރޭސި ވިލާތުގެ ކިންސް ކައުންސެލްއާއި، ލޯ އޮފް ސީ އާއި ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާ ކާރެކެވެ. މި ދެ ބޭފުޅުންނަކީ ވެސް ކަނޑާބެހޭ މުއާހަދާއަށް ފަރިތަ، އެދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ ދެ ބޭފުޅުންކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި ބޭފުޅުންގެ ޤާނޫނީ ލަފަޔަށް ރިޢާޔަތްކޮށް، ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން އުފައްދަވާފައިވާ ހާއްސަ ކޮމެޓީން ރިޕޯޓެއް އެކުލަވާލައި ބަންޑާރަ ނައިބުގެ އޮފީހާއި އަންނަ ފެބްރުއަރީގައި ހަވާލު ކުރާނެ ކަމަށް އޭޖީން ބުނެފަ ވެއެވެ. އެއަށްފަހު މި މައްސަލާގައި ކުރިއަށް ދާނެގޮތަކާމެދު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެ ރިޕޯޓު އެ މަޖިލީހާ ހިއްސާކުރާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ވަޢުދުފުޅާއި އެއްގޮތައް މި މިއްދަތުގެ ތެރޭގައި އެ މައްސަލާގައި ކުރިއަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުން ގޮތް ނިންމޭނެކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.