ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓް މިއަދު ލޯންޗުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރްކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފްއެވެ.

Ad
rt

މި ވެބްސައިޓްގައި ވަނީ ޒަކާތު ހައުސް އާއި ގުޅޭ މައުލޫމާތުތައް ހިމަނާފައެވެ.

ޒަކާތު ހައުސްގެ ވެބްސައިޓް: zakathouse.gov.mv

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްދެއްވާފައި ވަނީ 2 ޖެނުއަރީ 2024 ގައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.