ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ "ކަނބަލުންގެ ބީޗް ހޭންޑްބޯލް މުބާރާތް 2024" ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގައި ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވަން ތާވަލު ކޮށްފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރީވާން ޖެހެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ 10:00 ގައި ސިޓީ ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމުގައެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާޢަތްތަށް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި މުބާރާތަކީ ސިޓީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!