ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

Ad
rt

އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ.


ބައްދަލުވުން އޮންނާނީ ކުޅުދުއްފުށީ ސިޓީގެ އެން.އޯ.ސީ ކޮންފަރެންސް ހޯލްގެ ދެވަނަ ފަންގިފިލާގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފަވެއެވެ.