ހއ. ތަކަންދޫގައި ބާއްވާ ވޮލީ ކޯޗިން ކޭމްޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކޯޗިން ކޭމްޕަކީ އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެކެވެ.

Ad
rt

ތަކަންދޫ ކައުންސިލުން ބުނިގޮތުގައި މިއީ އެ ކައުންސިލާއި، އެރަށު އަންހެނުންް ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލާފައެވެ.

މި ކޭމްޕްގައި ބައިވެރިވުމުގެ ސުންގަޑީގެ ކުރިން އެރަށުގެ ދެ ޖިންސުގެ މީހުންގެ ތެރެއިން ބައިވެރިވާން އެދޭ މީހުން ތަކަންދޫ ކައުންސިލް ނަންބަރު 6500034 އަށް ގުޅައި ނަން ނޯޓު ކުރުމަށް އެ ކައުންސިލުން އެދެއެވެ.

މި ކޭމްޕް ބާއްވަން ނިންމާފައި ވަނީ 31 ޑިސެމްބަރު 2023 އިން 15 ޖެނުއަރީ 2024 ގައެވެ.