މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މި މުއާހަދާ އަކީ "އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާޒް ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީ.ބީ.އެން.ޖޭ) އެވެ.

Ad
rt

މި މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަން ރައީސް ނިންމަވާފައި ވަނީ މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންގެ ލަފާހޯއްދެވުމަށްފަހު ވަޒީރުން އެކަމަށް ލަފާއަރުވާފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި މުއާހަދާއަކީ، ޤައުމުތަކުގެ އިޙްތިޞާސްއިން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް، މާހައުލީ ގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާއި ގުޅޭ މުއާހަދާއެކެވެ. މިމުއާހަދާގައި މައިގަނޑު ހަތަރު ބައެއް ހިމެނެއެވެ.

ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން، (ބީ.ބީ.އެން.ޖޭ)އެކުލަވާލުމަކީ، މާކަނޑުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށް މިހާތަނަށް ބައިނަލްއަޤުވާމީ ގޮތުން ކުރެވުނު އެންމެ މުހިއްމު މަސައްކަތެވެ. ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުން މަގުފަހިކުރުވާ މިފަދަ މުއާހަދާއެއްގައި، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިއްމުކަމެއްކަން، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މި މުއާހަދާގައި ބައިވެރިވުމަށް މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ފާހަގަކުރައްވާފައެވެ.

މި މުއާހަދާގައި މިހާތަނަށް ދުނިޔޭގެ 83 ޤައުމަކުން ވަނީ ސޮއިކޮށްފައެވެ.