އެސްޓީއޯއިން އަހަރު ނިންމާލުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށްގެންދާ “އިޔާ އެންޑް ސޭލް” ފަށައިފިއެވެ.
"އެސްޓީއޯ އިޔާ އެންޑް ސޭލް" ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެސްޓީއޯގެ ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައެވެ. މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.
މިއަހަރުގެ ސޭލް ކުރިއަށްދާނީ ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ސޭލްގެ ދަށުން ކަނޑައެޅިފައިވާ ބައެއް ތަކެތިން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ބޮޑެތި ޑިސްކައުންޓް ތަކާއިއެކު ބަންޑްލް އޮފާތައްވެސް ލިބެއެވެ.
އިޔާ އެންޑް ސޭލްގެ އިތުރުން އަލްނޫރު ބްރޭންޑުގެ ޕްރޮމޯޝަނެއް ވެސް އެސްޓީއޯއިން ވަނީ ފަށާފައެވެ. މި ޕްރޮމޯޝަނުގައި އަލްނޫރު ބްރޭންޑްގެ ހިކިކިރު ހާއްސަ އަގުތަކެއްގައި ލިބޭނޭކަމަށް އެސްޓިއޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!