ދިވެހިރާއްޖޭ ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން މިފެށޭ 2024 ވަނަ އަހަރުން ފެށިގެން މިފެށޭ އައު ސަރުކާރުން ދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދަކީ ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ.

Ad
rt

މިއަދުގެ މުނާސަބާގައި ''އެކްސް'' މެދުވެރިކޮށް އިންތިޚާބީ ރައީސް ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ.

''ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ވާހަކަ ދަންނަވަން.'' މުޢިއްޒު ވިދާޅުވެފަވެއެވެ.

ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިންގެ ޚާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއެކު ރާއްޖެ އަރައި ދިން ޢުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބު ފާހަގަކުރުމުގެ ގޮތުން ނެވެ.