ޓާފް ހަލާކުވުމުގެ ސަބަބުން ބޭނުން ނުކުރެވި އޮންނަތާ އެތައް އަހަރެއް ވެފައިވާ ހަނިމާދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން ވަނީ މިކަމުގެ އެއްބަސްވުމުގައި މިއަދު މޯލްޑިވްސް އެޝުއަރ ސަޕްލައި އާއި އެކު ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތާއި ހަވާލުވީ ފަރާތުން ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ހަތް ދުވަސްތެރޭ ސަޕްލައި ކޮށްދޭން ޖެހެއެވެ.
މި ޕްރޮޖެކްޓަށް ހަނިމާދޫ ކައުންސިލު ބަޖެޓުން 441001.80 (ހަތަރު ލައްކަ ސާޅީސް އެއްހާސް އެއް ރުފިޔާ އަށްޑިހަ ލާރި) ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫގައި ޓާފް ފުޓްސަލް ދަނޑު އަޅަފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ރަށްތަކުގައި ފުޓްސަލް ދަނޑު ޤާއިމް ކުރުމަށް ހިންގި ޕްރޮޖެކްޓްގެ ދަށުންނެވެ. އެ ދަނޑުގެ ހުޅުވާފައި ވަނީ ދަނޑުގެ ފެންސާއި ލައިޓްތައް އެކަށީގެންވާ ފެންވަރަކަށް ޤާއިމް ކުރުމަށް ފަހުއެވެ.
ޚަލީލްގެ ކޮލަމް: ހަނިމާދޫގައި ފުޓްސަލް ކުޅޭނެ ދަނޑެއް ނެތި އަހަރުތަކެއް
ދަނޑުގައި ޓާފްއެޅި ދުވަސްވަރު ޓާފްގެ ކޮލެޓީ ދައްވުމާއި ލައިންތައް ތެދު ނުވުމާއި ބިންގަނޑުގެ ލެވެލް ކުރުމުގައި ހުރި މައްސަލަތަކާއި ގުޅިގެން ޒުވާނުންގެ މެދުގައި ނުތަނަވަސް ކަން އޮތެވެ. އެ ޝަކުވާ އޭރު އޮތް ކައުންސިލާއި ހިސާބަށް ވެސް ޒުވާނުން ގެންދިޔައެވެ. ނަމަވެސް މާބޮޑު އަހަންމިއްޔަތެއް އެކަމަށް ދެވުނުތަނެއް ނުފެނުނެވެ.
ނަތީޖާއެއްގެ ގޮތުން އެތަން ބޭނުން ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއް ތެރޭ އެތަން ހަލާކުވެ ބޭނުން ކުރަން ދަތިވާވަރަށް އެތަނުގެ ހާލަތު ދަށަށް ދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!