ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން "ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 28،29،30 މި ތިން ދުވަހު ކުޅުދުއްފުށީ ސިޓީގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށައެޅުމަށް ސިޓީ ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް: https://forms.gle/qwvQ6KWhf36VR6N58
މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޖުލައި 15 ގެ ރިން ޓީމް ލިސްޓް ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. ޓީމް ލިސްޓްތައް ހުށަހަޅާނީ ތިރީގައިވާ މެއިލް އެޑްރެސް މެދުވެރިކޮށެވެ.
މެއިލް އެޑްރެސް: sportsandcivic@kulhudhuffushicity.gov.mv
މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ތިރީގައިވާ ނަމްބަރުތަކަށް ގުޅުއްވުމަށް ސިޓީ ކައުންސިލުން އެދިލައްވައެވެ.
ނަމްބަރު: 6527122، 6527131
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!