މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިރޭ 23:30 އިން ފެށިގެން ދަންވަރު 03:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ.

Ad
rt

އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާ ކުރެވޭނެކަމަށާއި ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުުތައް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް މެޓް އޮފީހުން އެދިލައްވައެވެ.