ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ'' ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1444'' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުޅުދުއްފުށީ ސްކޫލްތަކަށާއި ޤުރުއާން ކުލާސްތަކަށާއި އަދި އެ ސިޓީގައި ހުންނަ ޔުނިވާސިޓީތަކަށް ހުޅުވާލާފައިވާއިރު، އެ ތަންތަނުން ބައިވެރިވާ ފަރާތްތަކުގެ ފޯމް ހުށަހަޅަން ޖެހެނީ އެ އިދާރާތަށް މެދުވެރިކޮށެވެ. މީގެއިތުރުން މި މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހާފިޡުންގެ ބައިންނެވެ.

Ad
rt

މި މުބާރާތުގައި ތިން ބައި ހިމެނޭއިރު ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ ބައިވެރިޔަކު ބޭނުންވާ ކޮންމެވެސް އެއް ބައެއްގައެވެ. މުބާރާތުގައި ހިމެނޭ ތިން ބަޔަކީ ބަލައިގެން ކިޔުމުގެބައި، ނުބަލާ ކިޔުމުގެބައިގެ އިތުރުން ހާފިޡުންގެ ބައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ސިޓީގައި ޤުރުއާނުގެ ހަމަތަކުގެ މަތިން އުނގެނުމާއި، އުނގަންނައި ދިނުމުގައި ތަރުތީލްކޮށް ކިޔެވެމުގެ ޤާބިލްކަން އުފެއްދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި އެ ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމެވެ. މީގެއިތުރުން ޤައުމީ ފެންވަރެއްގައި ޤުރްއާން ކިޔަވާނެ ރަނގަޅު ދަރިވަރުންތަކެއް އުފެއްދުމާއި ޤުރްއާނުގެ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަން ހާމަކުރުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާޗް މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް މަހުގެ 3، 4، 5 މި ތިން ދުވަހުއެވެ.

މުބާރާތުގެ ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/118262.pdf

ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/118265.docx

އެކްސެލް ޝީޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/118264.xlsx