ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
ފެނަކައިގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.
މި މަސައްކަތް ނިންމުމަށް ފެނަކައަށް ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ.
މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ސަރުކާރުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމްކޮށްފައެވެ.
ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކުރުމަށް ވެވޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރެވިފައި. pic.twitter.com/kA8gVSmFcw
— Fenaka Corporation Ltd (@TeamFenaka) February 19, 2023
އައިސް ޕަލާންޓް ގާއިމުކުރި ރަށްތަކުގެ ތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގެ އިތުރުން ހއ. ހޯރަފުށި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!