މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން އަންނައިރު ބާރުގަދަ ގޮވުންތަކުގެ އަޑުވެސް އިވޭކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ. އަދި އެތަނުގައި އަލިފާން ރޯވެފައި ވަނީ ފަތިހު 5:45 ހާއިރު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ.

އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ކޮންޓްރޯލްވި ނަމަވެސް އަދިވެސް ދަނީ ބޯ ދުން އަރަމުން، ފޮޓޯ: ތިލަދުން

މާލެ، ނީލަން ފިހާރަ ސަހައްދުގައި އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަން ހާމަކުރައްވަމުން، މި ހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރަށްވާފައެވެ.

''އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފަ. ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ދަންނަވަން.'' ފުލުހުން ވިދާޅުވެފަވެއެވެ.

އެ ސަރަހައްދުގެ ގިނަ މަގުތައް ވަނީ ބަންދުކޮށްފައި، ފޮޓޯ: ތިލަދުން

އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަޔާ ލޮރީ ވެސް ހަރަކާތްތެރި ވަމުން އަންނަކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.