ތިލަދުންމަތީ އުތުރުބުރީ އުލިގަމުގައި ބާއްވާ ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކަސްރަތު ޕްރޮގްރާމަކީ އުލިގަމު ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް ގުޅިގެން އުލިގަމުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި މަހު 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި ޕްރޮގްރާމުގައި 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ 13:30 އަށް އުލިގަމު ކައުންސިލް އިދާރާ ކައިރިއަށް ވަޑައިގެން ދެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގެ ހެނދުނު 08:30 އާއި 13:30 އާއި ދެމެދު ތިރީގައި ބަޔާން ކޮށްފައިވާ ނަމްބަރަށް ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

އިތުރު މަޢުލޫމާތު: 7934430