އުރީދޫ މޯލްޑިވްސް އިން 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އަހަރީ ޑޭޓާ ޕްލޭނެއް ތައާރަފްކޮށްފިއެވެ.

ދިގު މުއްދަތަށް ބޭނުންކުރެވޭ މި ޕްރީޕެއިޑް ޕްލޭން "އަހަރީ ޕްލޭން" ނަގާ ފަރާތްތަކަށް އެންމެ 3000 ރުފިޔާއަށް 1 ޖީބީ ޑެއިލީ ޑޭޓާ، ނުވަތަަ ޖުމްލަ 365 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ.

Ad
rt

"އަހަރީ ޕްލޭން" ފަރުމާކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ އަދި ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެންނެވެ.

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަހަރީ ޕްލޭން ނަގާލެވޭނެއެވެ.

އަހަރީ ޕްލޭން އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އުރީދޫ އެޕް http://ore.do/app އަށް ޒިޔާރާތްކުރުމަށްފަހު ،UD365 ޖެހުނަށްފަހު 5555 އަށް އެސްއެމްއެސް ކުރުމުން، ނުވަތަ 1#*929* އަށް ޑައަލް ކުރުމުން އެކްޓިވޭޓް ކުރެވޭނެއެވެ .

އުރީދޫއަށް އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ އުރީދޫ ޕާޓްނަ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އަހާރީ ޕްލޭން އެކްޓިވޭޓް ކުރެވޭނެއެވެ.