ހއ. ކެލާގައި ހުންނަ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަން ކޮށްފިއެވެ.
މިކަމާއިގުޅިގެން މައުލޫމާތު ހޯދުމަށް ''ތިލަދުން'' އިން ސުވާލު ކުރުމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކެލާ ސެއިޚް އިބްރާޙިމް ސްކޫލްގެ ސްޓާފް ރޫމުން ވައްކަންކޮށްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ ހެނދުނު 7:50 ގައެވެ.
މި މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހްގީގު ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކެލާ ސްކޫލްގެ ސްޓާފް ރޫމުން ވައްކަންކޮށްފައިވާއިރު، އެރަށަކީ ކުށް މަދު ރަށެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!